Pages

Monday, July 2, 2012

Aaibeh nuvaa thasveeru


ޢައިބެއްނުވާ ތަޞްވީރު ( ފޮޓޯ )

ބުނެވޭ ގޮތުގައި ރަސްކަލަކީ އިންސާފަށްލޯބިކުރައްވާ ޢާންމުރައްޔިތުންގެ އިޙުސާތަކަށް ޤަދަރުކުރައްވާ ރަސްކަލެކެވެ. ނަމަވެސް އެމަނިކުފާނަކީ ކޮރު އަދި އެއްލޯ ކަނު ބޭފުޅެކެވެ.
އެއްދުވަހަކު އެސަހަރުގެ މޮޅު ކުރެހުންތެރިން އެއްކުރެއްވީ އެމަނިކުފާނުގެ ފޮޓޯއެއްކުރެއްސެވުމަށެވެ.
އަދި އެމަނިކުފާނުގެ އެއްވެސް ޢައިބެއް ނުފެންނާނެހެން ކުރެހުމަށް ކުރެހުންތެރިނަށް އެމަނިކުފާނު ޝަރުޠުކުރެއްވިއެވެ.

ނަމަވެސް ހުރިހާ ކުރެހުންތެރިންވެސް އެފަދަފޮޓޯއެއްކުރެހުމަށް އިންކާރު ކުރިއެވެ.
އެފަދަ ފޮޓޯއެއް ކުރަހާނީވެސް ކިހިނަކުންހެއްޔެވެ. އެމަނިކުފާނަކީ އެއްލޯ ކަނު ބޭފުޅެއްވިއްޔާއެވެ.
އަދި ދެފައިމައްޗަށްކުޅޮށްހުންނަގޮތަށްވެސް ދައްކުވައިދޭނީ ކިހިނަކުންހެއްޔެވެ. އެމަނިކުފާނަކީ ކޮށު ބޭފުޅެކެވެ.
ނަމަވެސް އެޖަމާޢަތުގެ ތެރެއިން އެއްކުރެހުންތެރިޔަކު ދެންނެވިއެވެ. މަނިކުފާނުގެ ފޮޓޯ އަޅުގަނޑު ކުރަހާނަމެވެ.
އަދި އެތަސްވީރު ކުރަހައިނިމުނުއިރު އެމަނިކުފާނުގެ ރީތިކަން މިސާލެއްނެއްފަދައިން ފުރިހަމަކަން ދައްކުވައިދިނެވެ.

ފޮޓޯ ކުރެހިއިރު ރަސްގެފާނު ހުންނެވީ ބަޑި ހިއްޕަވައިގެން ޝިކާރަކުރެއްވުމަށް ނިޝާން ބަރާބަރުކޮށްލައިގެންނެވެ. އެކަމަށްޓަކައި ހުންނެވީ އެއްލޯ މަރުއްވައިގެންނެވެ.
އަދި ކޮރުފައި ބިންމަތީ ކަކޫ ޖައްސަވައިގެން އިށީދެ އިންނެވިގޮތަށް ކުރެއްސެވުމަށްފަހު އެފައިގެ ޢައިބުވެސް ކުރެހުންތެރިޔާ ފޮރުއްވިއެވެ.
އަދި ވަރަށްފަސޭހަކަމާއެކު ކުރެހުންތެރިޔާ އެރަސްގެފާނުގެ އެޢައިބުތައް މިފަދައިން ފޮރުވާލިއެވެ.
އެހެންމީހުންގެ ޢައިބުތައް މިފަދައިން އަހަރެމެންވެސް ފޮރުވާލަމާހިނގާށެވެ.
އެހެނީ އެހެންމީހުންގެ ޢައިބުތައް ކިތަންމެ ހާމަކަންބޮކޮށްހުރިނަމަވެސްމެއެވެ!!
އަދި މީހުންގެ ކުރިމަތީގައި އެހެންމިހުންގެ ވާހަކަދެކެވޭހިނދު އެމީހުންގެ ޢައިބުތައް ފޮރުވާލަމާ ހިނގާށެވެ!!
އެހެނީ އެއްވެސް އިންސާނަކީ ޢައިބުތަކުން ޠާހިރުވެގެންވާމީހެއްނޫނެވެ.
އެހެންމީހުންގެ ރަނގަޅު ސިފަތައް ބަޔާކޮށް އެހެންމީހުންގެ އުފަލަށްޓަކައި ދެކޮޅުވެރިކަން ދޫކޮށްލަމާހިނގާށެވެ!!

-- ޢަލީ ނަޢީމް --