Pages

Monday, July 2, 2012

Eemaan, Yaqeen adhi Ummeedh


އީމާން،( ޤަބޫލުކުރުން ) ޔަޤީން އަދި އުއްމީދު
ވާރޭ ނުވެހި ވަރަށް ގިނަދުވަސްތަކެއްހޭދަވެގެންދިއުމުން ރަށުގެހުރިހާ އެންމެން އިސްތިސްޤާ ނަމާދު ( ވާރޭ ވެއްސެވުމަށްއެދި ކުރާނަމާދު ) ކުރުމަށް ނިންމިއެވެ. ގަނޑައެޅީފައިވާ ވަގުތަށް ނަމާދުކުރުމަށް ހުރިހާ އެންމެން އެއްތަނަކަށް އެއްވިއެވެ. އެތަނުން އެކަކު އައީ އެންމެންނާ ޚިލާފަށް ކުޑައެއްވެސް ހިފައިގެންނެވެ.
ފުރިހަމަ އީމާންތެރިކަމަކީ އެއީއެވެ.

ތުއްތުކުއްޖަކު ކުރަމުންދާ ކަހަލަ އިހުސާސެއް ތިބާވެސް ކޮށްލާށެވެ.ތިބާ، އެކުއްޖާ މައްޗަށް އެއްލާއިރުވެސް އޮންނާނީ ހީނލަ ހީނލައެވެ.  އެހެނި އެކުއްޖާ ވެއްޓުނަނުދީ ބާރަށްތިބާ ހިފާއްޓާނެކަމުގެ ޔަޤީންކަން އެކުއްޖާއަށް އޮވެއެވެ.
ޔަޤީންކަން ކިޔަނީ މިޔަށެވެ.

އަހަރެމެން ނިދަންއޮށޮންނައިރު ޖެހިގެން އަންނަދުވަހުގެ، އިރުގެ އަލިގަންފެންނާނެކަމުގެ ޔަޤީންކަންއެއްވެސް މީހަކަށް ނޯންނާނެއެވެ. މިހެން މިކަންއޮންއިރުވެސް ޖެހިގެންއަންނަދުވަހަށް ކޮންމެވެސް ކަނތައްތަކެއް ނުރާވައެއް އެކަކުވެސް ނުނިދައެވެ.
މިއަށްކިޔަނީ އުއްމީދެވެ.

ތަރުޖަމާ: ޢަލީ ނަޢީމް
19 މެއި 2012

No comments:

Post a Comment