Pages

Monday, July 2, 2012

Aguhuri Bas kolheh!


ޙަޟުރަތު ޢުމަރު ރަޟިޔައްﷲ ޢަންހުގެ އަގުހުރި ބަސްކޮޅެއް!

ތަރުޖަމާ: ޢަލީ ނަޢީމް / މ.ވޭވަށް

1.     ޣަނީމާ މުދަލުގެ އެނދުންވެރިކަމުގައި ފުރާނަ ނުރައްކަލުގެ ތެރެއަށް ނުލާށެވެ.
2.     ބަސްމަދު ކަމަކީ ޙިކުމަތްތެރިމަކުގެ ޢަލާމާތެކެވެ، މަދުން ކެވުމަކީ ޟިއްޙަތަށް ރައްކަތެރިކަމެކެވެ، އަދި މަދުން ނިދުމަކީ އަޅުކަމެކެވެ. (1)
3.     މީހަކަށް ނަފުރަތު ކުރާނަމަ އެމީހަކުދެކެ ބިރުން އުޅޭށެވެ.
4.     ޝަރުޢީ ޢުޛުރަކާނުލައި ދެނަމާދު އެއްކޮށް ކުރުމަކީ ބޮޑުފާފައެކެވެ.
5.     މީހަކާ އިނދެގެން އުޅޭނަމަ ހަނގުރާމަވެރިޔަކަށް 4 މަހަށްވުރެ ގިނައިން ހަނގުރާމައި އުޅޭގެން ނުވާނެއެވެ.
6.     ދަރިން ގިނަވެފައި އަތްމަތި ދަތިވުމަކީ އެންމެބޮޑު މުޞީބާތެވެ.
7.     ކޮންމެ އެއްޗެއްގައި ރީތި ކަމެއްވެއެވެ. ހެޔޮކަމުގެ ރީތި ކަމަކީ ވަގުތުން އެކަމެއް ކުރުމެވެ.
8.     އަމިއްލަ ނަފުސުގެ ސިއްރުތައް ހާމަނުކުރާމީހާ އެމީހާ އެވަނީ އެމީހާގެ މުށުތެރޭގައެވެ.
9.     އީމާންކަމުގެ ފަހަށް ހެޔޮލަފާ އނަބަކުލިބުމަށްވުރެ ބޮޑު ނިޢުމަތެއް ނުވެއެވެ.
10.                        ގިނަގިނައިން ހީނދާނަމަ މީހުން އެމީހަކުދެކެ ޖެހިލުންވާ މިންވަރު ކުޑަވާނެއެވެ.
11.                        ގިނަގިނައިން މަޖާކޮށް ސަކަރާތް ޖަހާމީހުންނަށް މީޙުން ޤަދަރުކުރާ މިންވަރު ކުޑަވާނެއެވެ.
12.                        ގިނައިން އަނގަތަޅާމީހުން ކުށްކުރާލެ ގިނަވާނެއެވެ.
13.                        އެމީހެއްކުއްކުރާމިންވަރު ގިނަވެއްޖެނަމަ އެމީހަކު ލަދުކުޑަވާނެއެވެ.
14.                        ލަދުކުޑަމީހެއްނަމަ އެމީހަކު އަޅުވެރިކަން ކުޑަވާނެއެވެ.
15.                        އަޅުވެރިކަން ކުޑަމީހެއްނަމަ އެމީހެއްގެ ހިތް މަރުވާނެއެވެ.

No comments:

Post a Comment