Pages

Monday, July 2, 2012

Maru


މަރު، ޤަބުރު، ވަގުތު، އާޚިރަތް ( ފަހުދުވަސް )
maru, Qaburu, vaguthu adhi Aakhirai ( fahudhuvas )



ޖަންގަލީތެރެއިން ސިންގާއެއް މީހެއްގެ ފަހަތު އަޅުވާލިއެވެ. ފުރާނަ ސަލާމްކުރުމަށް އެމީހާ ވަޅަކަށް ފުންމާޅިއެވެ. އަދި އެތަނުގައިވާ ވާގަނޑެއްގައި އެލިގަތެވެ. ތިރިއަށް ބާލާލިހިނދު ވަޅުގެ އެންމެއަޑީން ފެނުނީ ބޮޑު ހަރުފައެކެވެ. ދެންކުއްލިއަކަށްފެނުނީ ދެމީދާ ( ހުދު އަދި ކަޅުކުލައިގެ ) އައިސް އޭނާ އެލިގަނެގެންއޮތް ވާގަނޑު، ކަނޑަމުންދިޔަތަނެވެ. ހަމައެޔާއެކު އެތަނުން ދެންފެނުނީ މާމުއި ހަތައެކެވެ. އެހަތައިން މާމުއި ނަގައި އޭނާ ރަހަބަލާލިއެވެ. މާމުއިގެ މީރު ފޮނިރަހަ ޖެހުމާއެކު މަތީގައި އޮތް ސިންގާޔާ ތިރީގައިވާ ބޮޑު ހަރުފަޔާ އަދި އެއްކަލަ ދެމީދާ މަތިން އެމީހާ ހަނދާން ނެތިއްޖެއެވެ. އެންމެފަހުން ހަމަވެއްޓެންއޮތީ ތިރިއަށެވެ.

އިމާމު ޣަޒާލީ ވިދާޅުވިއެވެ. މިވާހަކައިގަވާ ސިންގާއަކީ " މަރެވެ." އެވަނީ އަބަދުވެސް ތިބާގެ ފަހަތުގައެވެ. ހަރުފަޔަކީ " ޤަބުރު"އެވެ. އެއީ ހަމަކޮންމެގޮތެއްހަދާފަވެސް ދާންއޮތްތަނެވެ. ދެމީދަލަކީ " ރޭގަނޑާއި ދުވާލު" އެވެ. އެއީ ތިބާގެ ހަޔާތް ( ވާގަނޑު ) މަޑުމަޑުން ކަނޑަމުން ގެންދިޔައީއެވެ. އަދި މާމުޔަކީ " ދުނިޔެ" އެވެ. އޭގެ ކުޑަމިންވަރެއްވެސް ރަހަބަލާލުމުން ތިބާ " މަރު،ޤަބުރު، ވަގުތު، އާޚިރަތް " މަތިން ހަނދާންނެތުނީއެވެ.

ތަރުޖަމާ: ޢަލީ ނަޢީމް

No comments:

Post a Comment