Pages

Monday, July 2, 2012

Ummeedhu Kandaa Nulaasheve


މިދުނިޔެއަކީ ފަނާވަނިވިތަނެކެވެ. ނަމަވެސް އުއްމީދު ކަނޑާނުލާށެވެ.
18 މެއި 2012

ޢިމާރާތުގެ 10 ވަނަބުރިން އަހަރެން ފުންމާލިއިރު އަހަރެންގެ މުޅިހަޔާތްވަނީ ހިތާމަޔާއި ހިތްދަތިކަމުން ފުރިފައެވެ. ޙައްލުކުރާނެމަގެއްނެތި ހަމައެކަނިއަހަންނަށްފެނުނު މަގަކީ އަމިއްލެއަށްމަރުވުމެވެ. ފުންމާލާނީ ބާއޭ ނުފުންނާމީބާވައޭ ހިތަށް އަރަމުން އެންމެފަހުން ހަމަ ފުންމާލީމެވެ.

9 ވަނަ ބުރިޔާ ހަމައަށްއައިއިރު އަހަ ކަމަކުދާކަށް ނެތެވެ. އެދެމީހުންގެ ލޯބީގެވާހަކަޔާއި ހަމަޖެހޭ ދިރިއުޅުމުގެ ވާހަކައިން މިސާލުޖަހާލެވޭ ދެމަފިރިން ޒުވާބުކޮށް ގަޔަށް އަތްލަނީއެވެ. ހަޤީގަތުގައި މީ އުފަލުގައި އުޅުނުބައެއްނޫންތާއެވެ.

8 ވަނަބުރިޔާ ހަމައަށް އައިއިރު އެޢިމާރުގައި އެންމެ ސަކަރާތްޖަހާ މަޖާކޮށް އެހެންމީހުން ހުނުމަށް މަޖުބޫރުވާފަދަ ކަންތައްތައްކުރާ ޒުވާނާ އޭނދަފެންނަނީ އެކަނި އިނދެ ރޯތަނެވެ.

ވެއްޓެމުން އައިސް 7 ވަނަބުރި:
އަހަރެމެންގެ ޢިމާރާތުގައި އުޅޭ އެންމެ ބުރުސޫރަތީ އެންމެ ފިޓްކޮށްއުޅޭ މީހާ މިފެންނަނީ މުޅިން އެހެންގޮތަކަށެވެ. އެކަނީ ހާދަހާވާ ގިނަބޭހެކެވެ. ދިރިވެސް އެހުންނަނީ ބޭހުގެ އެހީގައެވެ. އެފަކީރު ހަމައެހާބަލީހެއްޔެވެ؟

6 ވަނަބުރިޔާ ހަމަޔަށް އާދެވުނުއިރު ފެންނަނީ އެޢިމާރާތުގައި އުޅޭ އިންޖީނިޔަރ އިންހަދާފަހުރި އެކުވެރިޔާއެވެ. މީގެ 5 އަހަރުކުރިން ކިޔެވުން ނިންމާލިގޮތަށް ވަޒީފައެއްލިބޭތޯ އެދުވަހުންފެށިގެން ކޮންމެދުވަހަކުވެސް ހުސް ވަޒީފައެއްއޮތްތޯ ނޫސްކިޔަނީއެވެ.

5 ވަނަބުރިޔާ ހަމަޔަށްއައިރު ފެނުނީ އަހަރެމެންގެ އަވަށްޓެރި މުސްކުޅިޔާއެވެ. ނިކަމެތި މުސްކުޅިޔާ އަބަދުމެ ހުންނަނީ އޭނާގެ ދަރިން އޭނާގެ ޙާލުބަލަންއަންނާނީ ކޮންއިރަކުންތޯ ބަލާލަބަލާލައެވެ. ނަމަވެސް ދުވަހަކުވެސް އެއިންއެކަކުވެސް އެގޭގެ ދޮރުގައި ޓަކިވެސް ޖަހައިނުލައެވެ. އެމުސްކުޅިޔާ އެފެންނަނީ ކިޔާ ނުތަނަވަސްކޮންހެއްޔެވެ.
4 ވަނަބުރިން ފެނުނީ ރީތިކަމާއި ހިތްހެޔޮކަމުގެ މިސާލުޖަހާލެވޭ އަވަށްޓެރިޔާއެވެ.  އެކަނބުލޭގެގެ ފިރިމީހާ މަރުވިތާ މިހާރު 3 އަހަރެވެ. އެންމެންވެސް ހީކުރަނީ އޭނަގެ ހިތާމަތަށް ފިލައިހިނގައިދާނެކަމަށެވެ.  އެކަމަކު މިހާރުވެސް އެކަނބުލޭގެ އެއިނީ މަރުވި ފިރިމީހާގެ ހަނދާނުގައި ފޮޓޯހިފައިގެން ރޯށެވެ.

ޢިމާރާތުގެ 10 ވަނަބުރިން ފުންމާލުމުގެ ކުރިން އަހަރެންހީކުރީ މިދުނިޔޭގައިހުރި އެންމެ ހިތްދަތި އެންމެ ހިތާމަވެރި މީހަކީ އަހަރެންކަމުގައެވެ.
މިދުނިޔޭގައި އުޅޭ ކޮންމެމީހަކުވެސް އުޅެނީ ހަމަ ތަފާތުމައްސަލަތަކެއްގައި ފިކުރުކުރުމުގައެވެ. މިކަން އަދި މިއެނގުނީ މިހާރުއެވެ. މިކަމުން އަހަންނަށް އެނގުނުކަންތައްތަކަށް ބަލާއިރު އަހަންނަށް ދިމާވެފައިވާ ކަނަތައްތަކަކީ އެހާ ބޮޑެތިކަންތައްތަކެއްވެސް ނޫނެވެ.

ފުންމާލުމުން ވެއްޓިގެންއައިއިރު އަހަންނަށް ފެނުނުހުރިހާ މީހުންތިބީ މިހާރު އަހަރެންނާދިމާލަށް ބަލާށެވެ.

ތިބާއަށް ދިމާވެފައިވާ މުޞީބާތްތަކައި އުނދަގޫތަކަށްވުރެ އެހެންމީހުން ތަހަންމަލުކުރާ ހިތްދަތިކަމާއި އުނދަގޫތައްމާބޮޑުކަމުގައި ވިސްނާނަމަ، ތިބާ އުޅޭނީ ކިހާއުފައެއްގައިހެއްޔެވެ. އަދި ހެއްދެވިފަރާތައް ކިހާ ޝުކުރެއެއްއަދާކުރާނެހެއްޔެވެ.

އޭ! ރަޙުމަތްތެރީންނެވެ. މިދުނުޔެއަކީ ފަނާވެދަނިވި ތަނެއްކަމުގައިވިޔަސް އެއްގޮތަކަށްވެސް މާޔޫސްނުވާށެވެ. މިދުނިޔޭގައިވާހުރިހާ އެއްޗެއްގެ އަގުވެސް ﷲ ގެ ޙަޟުރަތުގައި މަދިރީގެ ފިޔައެއްގެ ވަރުވެސްނުވެއެވެ.
އަދި ދަންނާށެވެ. މާތްﷲ ވޮޑިގެންވަނީ ކެތްތެރީންނާއެކުގައެވެ.

ތަރުޖަމާ: ޢަލީ ނަޢީމް
02 ޖުލައި 2012

No comments:

Post a Comment