ބޮޑާކަމާއި ބޮޑުކަން.
އެދޮންމީހާގެ މޫނުމަތިންފެންނަ މަންޒަރުތަކުން އޭނަ ޝީޓުގައި އިންނަ ހާލު ވަރަށް ރަނގަޅަށް އެނގެއެވެ. ރަނގަބީލު ޖަހާލުމަށްފަހު އެއާހޮސްޓަލަކަށް ގޮވާލާފައި ބުންޏެވެ." ކަލޭމެން، އަހަރެން މިކަޅުމީހާކައިރީގައި ބޭންދުމުން އަހަރެން މިތަނުގައި މިއިންނަހާލު ކަލެއަށް އަންދާޒާކުރެވޭހެއްޔެވެ. މިކަހަލަ މުޑުދާރު މީހުންކައިރީގައި އަހަރެން އިންނާކަށް ބޭނުމެއްނޫނެވެ. އަހަރެން އެހެންޝީޓަކަށް ބަދަލުކޮށްދޭށެވެ."
އެތަނަށް އައި އެއާ ހޮސްޓަލް އަކީ ޢަރަބިނަސްލުގެ ކުއްޖެކެވެ. ދޮންމީހާޔަށް މުޚާޠަބުކޮށް ބުންޏެވެ." މަޑުކޮށްލާށެވެ. މިބޯޓު ވަނީ މުޅިން ފުރިފައިކަން ތިބާޔަށްވެސް އެނގެއެއްނޫންތޯއެވެ. ނަމަވެސް ވަރަށް އަވަހަށް އެހެންތަނަކުން ނަމަވެސް ޝީޓެއް ހަމަޖެހޭތޯ މިބަލަނީއެވެ.
އެއާހޮސްޓެލް ދިއުމަށްފަހު މާގިނައިރުތަކެއްނުވެ،އައިސް އެ ދޮންމީހާޔަށް ބުންޏޭވެ. ކުރިންވެސް ބުނިފަދައިން މުޅި ބޯޓު މިވަނީ ފުލްވެފައެވެ. އިކޮނޮމީ ކްލާހުން އެއްވެސް ޝީޓެއް ހުސްކޮށެއް ނެތެވެ. ޕައިލެޓަށް މިވާހަކަ ދެންނެވުމުން ބިޒްނަސް ކްލާސް ޗެކްކުރިއިރުވެސް ހުސް އެންމެ ޝީޓެއްވެސް ނެތެވެ. ނަމަވެސް ފަސްޓް ކްލާހުގައި( އެންމެ އަގުބޮޑުކޮށް ދަތުރުކުރާމީހުން ތިބޭ ޝީޓު ) ހުސް އެއްޝީޓު އެބަހުއްޓެވެ.
ދޮންމީހާ އެއްޗެއްބުނުމުގެކުރިން،އެއާހޮސްޓެލްގެ ވާހަކަ ފުރިހަމަކުރަމުން ބުންޏެވެ. " އަހަރެމެން ކޮމްޕެނީން އިކޮނޮމީ ކްލާހުގެ ޕަސެންޖަރަކު ފަސްކްލާހުގައެއް ނުބައިންދައެވެ. އެހެންނަމަވެސް މިދިމާވި ޚާއްޞަކަންތަކައިބަލައި، ކޮމްޕެނީން ނިންމީ އެއްވެސްމީހަކު އެހާ މުޑުދާރު މީހެއްކައިރީ އިނދެ ދަތުރު ކޮށްގެން ނުވާނެކަމަށެވެ.
އެހެންވުމުން................ އެއާހޮސްޓެލް އެފްރިކާމީހާޔާ ދިމާލަށް ބަލާލުމަށްފަހު ބުންޏެވެ. "ތިބޭފުޅާގެ ހޭންޑްބޭގު ހިފައިގެން އަޅުގަނޑާއެކު އައިސްދީފާނަންހެއްޔެވެ. ތިބޭފުޅާޔަށްޓަކައި ފަސްކްލާހުންވަނީ ޝީޓެއް ހަމަޖައްސާފައެވެ. ވަށައިގެން ތިބި ދަތުރުވެރިން ތިބީ ހިގަމުންދިޔަ ކަންތައްތައްބަލާ އަޑުއަހާށެވެ. މިފަދައިން ނިންމާފާނެކަމަކަށް އެކަކަމުވެސް ހިތަކަށް ނާރައެވެ. އެގޮތަށް ނިންމުމުން ހުރިހާމީހުންވެސް ތެދުވެ ޖޯޝާއެކު އަތްތިލަބަޑި ޖަހަންފެށިއެވެ. މިހެން ކަންހިނގުމުން ދޮންމީހާގެ ކަންކަށީގައި އެތިފަހަރެއް ޖެހިހެންހީވިއެވެ.
އާދަމުގެ ދަރިން ހައްދަވފައިވަނީ މަނިފޮދަކުންނެވެ. އޭގެ އަސްލަކީ މަށްޓެވެ. ރިވެތިވެގެންވާ ހެދުން ލަނީ ފޮތިންނެވެ. މީރުކާނާ ( މާމުއި ) ލިބެނީ ކުޅަނދުރުގެ ކުޅުންނެވެ. ނިމިގޮސް ދާންއޮތީ ބިރުވެރިކަމުން ފުރިގެންވާ ކަށްވަޅަށެވެ. މިދަރަޖައިގެ މީހަކު މިފަދައިން ކިބުރުވެރިވެ ބޮޑާވެވޭނެހެއްޔެވެ؟
މިސިފަޔަކީ ކިރިތި ﷲ ނުރުއްސަވާ ސިފައެކެވެ. ވަހީޚުރެވިއްވިބަސްފުޅުގައިވެއެވެ. وَلَا تُصَعِّرْ خَدَّكَ لِلنَّاسِ وَلَا تَمْشِ فِي الْأَرْضِ مَرَحًا إِنَّ اللّهَ لَا يُحِبُّ كُلَّ مُخْتَالٍ فَخُورٍ (18) سورة لقمان މާނައީ: އަދި މީސްތަކުންނަށް ކިބުރުވެރިވެ، ތިބާގެ ކޯތާފަތް އަނބުރާ ނުލާށެވެ! ( އެބަހީ: މޫނު އަނބުރައި ނުލާށެވެ!) އަދި ބޮޑާވެގެންވާ ޙާލު، ބިމުގައި ނުހިނގާށެވެ! ހަމަކަށަވަރުން، ކިބުރުވެ، ފަޚުރުވެރިވާ އެއްވެސް މީހަކުދެކެ ﷲ ލޯބިވެވޮޑިގެނެއް ނުވެއެވެ.
ތަރުޖަމާ: ޢަލީ ނަޢީމް ( ދެލިނުކެނޑޭ ގަލަމުން )
ތާރީޚް 18 ޖޫން 2012
މަޢުލޫމާތުނެގި ވެބްސައިޓް:
http://taziz.paigham.net/2012/04/
No comments:
Post a Comment