Pages

Sunday, June 17, 2012

Ibrathun Fureginvaa Vaahaka


އިބްރަތުން ފުރިގެންވާ ވާހަކަ




އީރާންގެ މަޝްހޫރު އަވަށެއްކަމުގައި އަސްފަހާންގެ ރަޝްކަލެއް އެމަނިކުފާނުގެ އަނބިކަނބަލުންނާއެކު ކާމޭޒު ދޮށުގައި އިންނެވިއެވެ. މާތް ﷲ ގެ ނިޢުމަތުން އެކާމޭޒުމަތީގައި ނެތްބާވަތެއްގެ ކާއެއްޗެއްނުވާނޭވެސް ބުނެވިދާނެއެވެ.

މިހެންތިއްބަވަނިކޮށް ހަމައެވަގުތު ފަޤީރަކު ސަލާން ޖަހަންއައިސް ގޮވާލިއެވެ. މާތްﷲއަށްޓަކައި ކާނެއެއްޗެއް ދެވިދާނެހެއްޔެވެ؟ އެމަނިކުފާނު އަނބިކަނބަލުންނަށް ދެންނެވިއެވެ. ކާމެޒުމަތީގައިވާ ހުރިހާ ކާއެއްޗެއް އެމީހާއަށްދޭށެވެ. ކާއެއްޗެހި ހިފައިގެންގޮސް ފަޤީރުމީހާއަށް ދިނުމުގެ ތެރޭގައި އެމީހާގެ މޫނުފެނުމާއެކު ރަސްގެވާފުނެ އަނބިކަނބަލުން ބޮޑުއަޑުން ކީރިތި ކުރައްވަން ފައްޓަވައިފިއެވެ. އެހިނދު ރަސްގެފާނު، އަނބިކަނބަލުންނަށް ސުވާލުވާލު ކުރެއްވިއެވެ. " ކަމަނާ ތިޔަ ރޮނީ ކީއްވެހެއްޔެވެ؟" އަނބިމީހާ ދެންނެވިއެވެ. މިގަނޑުވަރަށް ސަލާމްޖަހަންއެއައި މީހާއަކީ މީގެ އަހަރުތަކެއްގެކުރިން މިރަށުގައި ހުރި އެންމެ ތަނަވަސް،އަދި އަހަރެމެންގެ މިގަނޑުވަރުގެ ވެރިޔާއެވެ، އަދި އެއީ އަހަރެން ކުރިން އިނދެގެންއުޅުނުމީހާވެސް މެއެވެ."

މީގެ އަހަރުތަކެއްގެކުރީގެ ވާހަކައެވެ. ހަމަ މިގޮތަށް ކުރީގެ ފިރިމީހާޔާއެކު ،މިއަދު މިތިބިހެން މިމޭޒު ދޮށުގައި ކާންތިއްބަވަނިކޮށް މީހަކު ސަލަންޖަހަން އައިސް ގޮވާލިއެވެ. ކާއެއްޗެއް ދެވިދާނެތޯއެވެ؟ ބަނޑުހައިކަންމަތީހުންނަތާ ދެދުވަސްވެއްޖެއެވެ. މާތްﷲ އަށްޓަކައި ކާއެއްޗެއްދެއްވާށެވެ. އޭނާ ކާމެޒުދޮށުންތެދުވެގެންގޮސް އެފަޤީރުމީހާ ލެއިން ތަތްތެޅެންދެއް ތަޅާއަނިޔާކޮށްލިއެވެ.

ދަންނަވަންތޯއެވެ. އެނިކަމެތިމީހާ ކުރީ ކޮންދުޢާއެއްކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެޔޮއްމުއްސަނދިމީގެ ވިޔަފާރި ބަނގުރޫޓުވެ، މުޅިން ފަޤީރު، ނިކަމެތިވެއްޖެއެވެ. އަދި އޭނާ އަހަރެން ވަރިކުރިއެވެ. މަނިކުފާނާ އަޅުގަނޑު ކައިވެނިކުރީ އޭގެ ދުވަސްގަނޑެއްގެ ފަހުންނެވެ.

އަނބިމީހާގެ ވާހަކަތައް އަޑުއެހުމަށްފަހު، ފިރިމީހާ ދެންނެވިއެވެ. "ތިއަށްވުރެ ޢަޖާއިބުކުރަނިވި ވާހަކައެއް އަޅުގަނޑު ދަންނަވަންތޯއެވެ. ކަލާގެ ކުރީގެ ފީރިމީހާ ތަޅާއަނިޔާ ކުރި ނިކަމެތި ފަޤީރު މީހަކީ ޚުދު އަޅުގަނޑެވެ." 

ދުނުޔޭގައި ކަންހިނގާގޮތާމެދު ވިސްނަވާ ބައްލަވާށެވެ. އެމުދާގަނޑަށް މަސްތުވެފައިވާ މީހާގެ ތަނަވަސްކަމާއި، ގަނޑުވަރާއި، އަދި އަނބިމީހާވެސް، މާތްﷲ އަނބުރާ ދެއްވީ އެދުވަހު ސަލާންޖަހަން އައި ފަޤީރުމީހާއަށެވެ. އަދި އޭގެ އަހަރުތަކެއްގެފަހުން އެއްކަލަމީހާ ނިކަމެތި ﷲ ފަޤީރެއްގެގޮތުގައި ސަލާމްޖަހަން އަންނަންއެޖެހުނީ ހަމައެއްކަލަ ގަނޑުވަރުގެ ކުރިމައްޗަށެވެ. ﷲ ގެ ކުޅަދުންތަކަން ނިކަންދެކިބާލާށެވެ! 

ޅެންވެރިޔާގެ ބަސްމުޅިން ދެތެވެ.
މުދަލާއި، ޢިއްޒިތަށްޓައި ނުވާށެ ފަޚުރުވެރި
ބާރުވެރިކަމާއި ސިއްޙަތާމެދު ނުވާށެ ފަޚުރުވެރި
އެހެނި މީ ދެތިންދުވަހުގެ ހަނދުވަރެއްފަދަ ކަމެކެވެ.
އެއަށްފަހުން ދެންއޮތީ ކަނުއަނދިރިއެވެ.

މިފަދަ ޢިބުރަތްތެރިވާހަކަތަކުން މުޅިތާރީޚުވަނީ ފުރިގެންނެވެ. މިފަދަ ވާހަކަތަކުން އަޅުގަނޑުމެން ޢިބުރަތް ޙާޞިލްކުރަންވާނެއެވެ.

މިވާހަކައަކީ ޙަޤީޤީ ވާހަކައެކެވެ. މިވާހަކަ ކިޔައިދެއްވީ އިމާމް އިބްނި ޖައުޒީ ރަޙިމަހުﷲ އެވެ.

ތަރުޖަމާ: ޢަލީ ނަޢީމް ( ދެލިނުކެނޑޭ ގަލަމުން )
ތާރީޚް 17 ޖޫން 2012
މަޢުލޫމާތުނެކި ވެބްސައިޓް: 
http://taziz.paigham.net/2012/03

No comments:

Post a Comment