Pages

Thursday, June 14, 2012

Maai Allahge Kulhadhunvanthakamuge Hekithakuge Therein



މާތްﷲގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެތެރެއިން


ސުލައިމާނުގެ ފާނުގެ ވާހަކަ (ހިނި)



އެއްފަހަރެއްގައި މާތްނަބިއްޔާ ސުލައިމާން އަލައިހިއްސަލާމް ކޯރެއްގެ އައްސޭރީގައި އިށީނދެވަޑަޢިގެން އިންނެވިއެވެ. އެހެން އިންނަވަނިކޮށް އޮށްޓަރެއް ( ކާއެތިކޮޅެއް ) ހިފައިގެން ހިންޏެއް ކޯރާދިމާލަށް ދާތަން އެކަލޭގެފާނަށް ފެނިވަޑައިގަތެވެ.

އެކަލޭގެފާނު ވަރަށް ސަމާލުކަން ދެއްވައިގެން އެހިންޏާދިމާލަށް ބަލަހައްޓަވައިގެންއިންނެވިއެވެ. އެހިނިގޮސް ކޯރުގެ އައްސޭރިޔާހަމަޔަށް ދިއުމުން ކުއްލިއަކަށް އެފެންގަޑުތެރެއިން ބޮކެއް މައްޗަށްއަރާ އަނގަ ހުޅުވާލިއެވެ. ހަމައެއާއެކު އެއްކަލަ ހިނި ކާއެތިކޮޅާއެކު އެބޮކުގެ އަނގައިތެރެއަށް ވަދެގެން ހިންގައްޖެއެވެ. އެއަށްފަހު އެހިންނާއެކު ބޮއްދިޔައީ އެފުންފެނގަޑުގެއަޑިއަށެވެ. . އަދި ވަރަށްގިނައިރުވެސް ވެއްޖެއެވެ.

ފެނިގެންދިޔަ ކަންތައްތަކާމެދު ވަރަށްސަމާލުކަންދެއްވައިގެން ބައްލަވަން އިންނަވަނިކޮށް އެތައްއިރެއްފަހުން އެއްކަލަބޮށް ކޯރުގެ އައްސޭރިޔަށްއައިސް އަނގަ ހުޅުވާލުމާއެކު އެއްކަލަ ހިނި އަނގައިން ނުކުމެގެން ހިނގައިގަތެވެ. ނަމަވެސް އެސޮރުގެ އަނގައިގައި އޮތް އޮށްޓަރެއް ނެތެވެ.
އިތުރު އެކަލޭގެފާނު އެހިންޏަށް ގޮވާފައި ކަންހިނގާދިޔަ ގޮތް އޮޅުންފިލުއްވަން ސުވާލުކުރެއްވިއެވެ." މިހިނގާދިޔައީ ކޮންކަމެއްހެއްޔެވެ. އެއޮށްޓާރު ކޮބައިހެއްޔެވެ." އަދަބުވެރިކަމާއެކު ހިނިދެންނެވިއެވެ. "އޭ ﷲ ގެނަބިއްޔައެވެ. މިފުންކޯރުތެރޭގައިއެވާ ބޮޑު ހަޜުހިލަގަނޑު ކަލޭގެފާނަށް އެބަފެނިވަޑައިގަންނަވައެންނޫންތޯއެވެ! އެހިލަގަނޑުތެރޭގައި ލޮލަށްނުފެންނަ އެތަކެއް ފަންޏެއް މާތްﷲ ވަނީ ހައްދަވާފައެވެ. އަދި އެތަކޭތީގެ ރިޒުޤު ހޯދުމަށްޓަކައި އެސޮރުމެންނަކަށް ނުނުކުމެވެއެވެ. އެތަކެއްޗަށް ރިޒުޤިފޯރުކޮށްދެއްވުމަށް މާތްﷲ މެދުކުރެއްވީ އަޅުގަނޑެވެ. އެހެންވެ އަޅުގަނޑު މިދަނީ އެސޮރުމެންގެ ރިޒުޤު ހިފައިގެންނެވެ. އަދި ފެނުގެ އަޑިޔަށްދާންޖެހޭތީ މާތްﷲ ވަނީ އެބޮށް އަޅުގަނޑަށް ކިޔަމަންކުރައްވާފައެވެ. އެއީ އަޑިޔަށްދާއިރު އެސޮރުގެ އަނގައިތެއަށްވަނުމާއެކު އަނގަލައްޕާލައެވެ. އަދި އެކަމުން އަޅުނަޑު ފެނުން ރައްކާތެރިވެއެވެ. ހިލަގަނޑުގެތެރއަށްވަންނަން ހުންނަ ހޮރުގެ އަނގަމައްޗަށްގޮސް، ބޮކުގެ އަނގަހުޅުވާލުމުން އަޅުގަނޑުގޮސް އެފަނިތަކަށް ކާއެތިކޮޅު ފޯރުކޮށްދެމެވެ. އަދި އެނބުރެއައުމުން ބޮކުގެ އަނގަހުޅުވާލުމާއެކު އަނެއްކާވެސް އަޅުގަނޑު ބޮކުގެ އަނގައިތެރެއަށްވަނަންނީއެވެ. އެތަނުން އެނބުރެ މިއަންނަނީ މިފަދައިންނެވެ." ސުލައިމާންގެފާނު ވިދާލުވިއެވެ." އެފަނިތަށް އެއްވެސް ތަސްބީހައެއްކިޔަތީ ކަލޯ އަޑުއެހިންހެއްޔެވެ؟" ހިނި އެކަލޭގެފާނަށް ދެންނެވިއެވެ. "އާދޭހެވެ! އެހުރިހާ ފަނިތަށް ކިޔަމުން ދިޔައެވެ. އަޅަމެން މިފުން ފެންގަނޑުގެ އަޑީގައިވާއިރުވެސް ހަނދުމަކުރައްވާ ރަސްކަލާކޯއެވެ!"
= ނަބީބޭކަލުންގެ ވާހަކަތަކުގެތެރެއިން ނަގާފައިވާބައެއް =

ތަރުޖަމާ: ޢަލީ ނަޢީމް
10 ޖޫން 2012
މަޢުލޫމާތު ނަގާފައިވާ ސައިޓް:


http://www.youthbuk.com/blog
http://taziz.paigham.net 

No comments:

Post a Comment